ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/094 |
|
ބޭއްވުނު ތާރީޚް: 25 ޖުލައި 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 108 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ޝަރަފުއްދީން ސްކޫލާއި ގުޅިފައިވާ އަމީނީ މަގާއި ރަސްގެދަރިމަގު ފުޅާކުރުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހިތަދޫ ޝަރަފުއްދީން ސްކޫލަކީ ގިނަޢަދަދެއްގެ ކުދިން ކިޔަވަމުންދާ ސްކޫލަކަށްވެފާ ސްކޫލާއި އިންވެގެންވާ 2 މަގު ކަމަށްވާ އަމީނީމަގާއި ރަސްގެދަރިމަގު އެކަށީގެންވާ ވަރަށްވުރެ ހަނިވުމުގެ ސަބަބުން ދުއްވާތަކެތީގައި ސްކޫލަށް އައިސް ގޮސްވާ ކުދިންނަށް އެކަމުގެ ދައްޗާއި ކުރިމަތިލާންޖެހޭތީ އާއި ސްކޫލްގައި އަލަށް ޢިމާރާތްކުރި ކްލާސްބަރި މިފެށޭ ދިރާސީ އަހަރު ބޭނުންކުރަންފަށާއިރު، ސްކޫލްގެ ހުޅަނގުފަރާތު ގޭޓްވެސް ކުދިން ވަދެނިކުތުމަށް ބޭނުންކުރާގޮތަށް އޮތުމާއެކު މި ދެންނެވިމަގުތަކުގެ ތޮއްޖެހުން އިތުރަށް ބޮޑުވެގެންދާނެތީ އާއި އަދި މަގު ފުޅާކުރުމަށްޓަކައި އިތުރަށް ބޭނުންވާ ޖާގަ ނަގަންޖެހެނީ ސްކޫލް ގޯތިން ކަމަށްވާތީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ނަގަންޖެހޭ ހުއްދައާއި އެކު އަމީނީ މަގާއި ރަސްގެދަރިމަގުން ފުޅާކުރަން ޗާޓުގައި ފާހަގަކޮށްފައިވާ ބައި އެގޮތަށް ފުޅާކުރުމަށާއި، މިމަސައްކަތް ކުރުމަށްޓަކައި ކައުންސިލް ބަޖެޓު ކޯޑު 226-008 މަގުތަކާއި ފާލަމާއި ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމުގެ އެކްޓިވިޓީގެ ތެރެއިން، ބޭނުންވާ ފައިސާ އެކްޓިވިޓީއަށް އިތުރުކޮށް މިމަސައްކަތް ކުރެވޭނެގޮތެއް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، މަރްޔަމް ސަޢީދާ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ، އާމިނަތު އަދާލާ ރަޝީދު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ޝަރަފުއްދީން ސްކޫލާއި ގުޅިފައިވާ އަމީނީ މަގާއި ރަސްގެދަރިމަގު ފުޅާކުރުމާއި ގުޅޭ