އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކަށް ފްލެޓް ދޫކުރުމަށްފަހު ބާކީ ހުރި ފްލެޓްތަކަށް އަލުން އިޢުލާން ކުރުމާއި ގުޅޭ

10 އޯގަސްޓް 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/099

ބޭއްވުނު ތާރީޚް: 10 އޮގަސްޓް 2023

ޖަލްސާ:2023  ވަނަ އަހަރުގެ 31 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 110 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުޅުދޫ ގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކަށް ފްލެޓް ދޫކުރުމަށްފަހު ބާކީ ހުރި ފްލެޓްތަކަށް (ކެޓެގަރީ B ގެ 02 ފްލެޓް އަދި ކެޓެގަރީ A ގެ 6 ފެލްޓް) އަލުން އިޢުލާން ކުރުމަށް. އަދި މިހާރު ގުރު ނެގިފައިވާ A ކެޓެގަރީ ގެ ފްލެޓްތައް ވީ އެންމެ އަވަހަށް އެފަރާތްތަކާއި ޙަވާލުކުރުމަށް

މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

      މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " ހުޅުދޫއިން ފްލެޓް ހޯދުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ، ހުޅުދޫ ގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކަށް ފްލެޓް ދޫކުރުމަށްފަހު ބާކީ ހުރި ފްލެޓްތަކަށް (ކެޓެގަރީ B ގެ 02 ފްލެޓް އަދި ކެޓެގަރީ A ގެ 6 ފެލްޓް) އަލުން އިޢުލާން ކުރުމަށް އަދި މިހާރު ގުރު ނެގިފައިވާ A ކެޓެގަރީ ގެ ފްލެޓްތައް ވީ އެންމެ އަވަހަށް އެފަރާތްތަކާއި ޙަވާލުކުރުމަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަހްމަދު ނާދިރު   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ހުސެއިން ފައިޒުއްރަހްމާން 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  01 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/099

ތާރީޚް: 10 އޯގަސްޓް 2023