ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/104 |
|
ބޭއްވުނު ތާރީޚް: 16 އޮގަސްޓް2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 32 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 111 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ލާޖެއްސުމުގެ މައްސަލަތަކުގައި ކައުންސިލުން އިޢުތިރާޝްކުރުމުގައި ބަލާނެ މިންގަނޑުތަކެއް ކަނޑައެޅުމަށް ހުށަހަޅާ މައްސަލަ |
||||
މައްސަލަ ހުށަހެޅި ފަރާތް: ލީގަލް ޔުނިޓް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، (ޤާނޫނު ނަންބަރު 09/1968) މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 01 ވަނަ މާއްދާގެ (ކ) ގައި މީސްމީހުންގެ އަމިއްލަ ބިމާއި އެބިމުގައި ހުންނަ އިމާރާތްތައް ފިޔަވައި ރަޖިސްޓަރީއެއް ކުރެވިފައިވާ އެއްޗެއް ނުވަތަ ތަނެއްގެ މިލްކުވެރިކަން ބަދަލުކުރަނީނަމަ ރަޖިސްޓަރީ ދިންފަރާތުގެ އިޢުތިރާޟް އެކަމަށް ނެތްކަމުގެ ރަސްމީ ލިޔުމެއް އޮންނަންވާނެ ކަމަށް ބަޔާންކުރެވިފައިވާތީ، މިއިދާރާއިން ލާޖެއްސުމުގެ މައްސަލަތަކުގައި ތިރީގައިވާ މިންގަނޑުތައް، އިއުތިރާޟުކުރާނެ މިންގަނޑެއް ގޮތުގައި ކަނޑައެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. ލާޖެއްސުމުގެ މައްސަލަތަކުގައި ކައުންސިލުން އިޢުތިރާޝްކުރުމުގައި ބަލާނެ މިންގަނޑު
|
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސާލިހާ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 02 ވޯޓް |
ނުފެންނަކަމަށް: 01 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
