އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ މަރަދޫފޭދޫއިން ދިރިއުޅުމަށްޓަކައި 300 ބަންޑާރަ ގޯތި ދޫކުރުމަށް.

16 އޯގަސްޓް 2023     


ކައުންސިލްގެ ނިންމުން
 

ނިންމުން ނަންބަރު: 426-B (4)/2023/108

ބޭއްވުނު ތާރީޚް: 16 އޮގަސްޓް2023  

ޖަލްސާ:2023  ވަނަ އަހަރުގެ 33 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 112 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ މަރަދޫފޭދޫއިން ދިރިއުޅުމަށްޓަކައި 300 ބަންޑާރަ ގޯތި ދޫކުރުމަށް.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޚާލިދާ މުޙައްމަދު

ނިންމުން

މައްސަލަ ނިމުނުގޮތް:

       މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ މަރަދޫފޭދޫގެ ލޭންޑް ޔޫސް ޕްލޭން ފާސްވުމުން، ލޭންޑް ޔޫސް ޕްލޭން އަދި ދިރިއުޅުމަށްޓަކައި ބިން ދޫކުރާ އުސޫލާއި އެއްގޮތަށް ބިން ދޫކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  03 ވޯޓް

ނުފެންނަކަމަށް:  01 ވޯޓް

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/108

ތާރީޚް: 16 އޯގަސްޓް 2023