އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހިތަދޫ ފަޅުތެރޭގައި ހިއްކާފައިވާ 2 ރަށާއި، މީދުއާ އިންވެގެން ހިއްކާފައިވާ 1 ރަށަށް ނަންކިޔުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމެވުން

4 ސެޕްޓެމްބަރ 2023     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2023/110

ބޭއްވުނު ތާރީޚް:  04 ސެޕްޓެމްބަރ 2023

ޖަލްސާ: 2023 ވަނަ އަހަރުގެ 03 ވަނަ ކުއްލި ޖަލްސާ ( 4ވަނަ ކައުންސިލްގެ 11 ކުއްލި ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ހިތަދޫ ފަޅުތެރޭގައި ހިއްކާފައިވާ 2 ރަށާއި، މީދުއާ އިންވެގެން އޮތް ފަޅުތެރޭގައި ހިއްކާފައިވާ 1 ރަށުގައި ރިސޯޓު ތަރައްޤީކުރަން، ބީލަމަށް ހުޅުވާލުމަށްޓަކައި މި ރަށްތަކަށް ނަންކިޔުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމެވުން. 

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،

  1. އައްޑޫ ސިޓީ ހިތަދޫ ފަޅުތެރޭގައި ހިއްކާފައިވާ ދެރަށުގެ ތެރެއިން އައިލޭންޑް ރިސޯޓް 1 އަށް ރައްޔިތުން ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން ދޮންދީނާހެރަ ކިޔުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ހުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03   

ނުފެންނަކަމަށް: 02 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

 

  2. އައްޑޫ ސިޓީ ހިތަދޫ ފަޅުތެރޭގައި ހިއްކާފައިވާ ދެރަށުގެ ތެރެއިން އައިލޭންޑް ރިސޯޓް 2 އަށް ރައްޔިތުން ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން ބޮލިހެރަ ކިޔުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ހުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް

  3. އައްޑޫ ސިޓީ މީދުއާ އިންވެގެން އޮތް ފަޅުތެރޭގައި ހިއްކާފައިވާ، އައިލޭންޑް ރިސޯޓް 3 އަށް ރައްޔިތުން ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން ދޮންހެރަ ކިޔުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު ސާލިހާ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/110

ތާރީޚް: 4 ސެޕްޓެމްބަރ 2023