އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ކުލީބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި ރިވިއުކުރުމާގުޅޭ އުސޫލަށް އިސްލާޙުގެނައުމަށްއެދި ހުށަހަޅާ މައްސަލަ އާއި ގުޅޭ

14 ސެޕްޓެމްބަރ 2023     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2023/111

ބޭއްވުނު ތާރީޚް: 14 ސެޕްޓެންބަރު 2023  

ޖަލްސާ:2023  ވަނަ އަހަރުގެ 35 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 114 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ ކުލީބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި ރިވިއުކުރުމާގުޅޭ އުސޫލަށް އިސްލާޙުގެނައުމަށްއެދި ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ލީގަލް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، "ލީގަލް ޔުނިޓުން ހުށައަޅާފައިވާ ގޮތަށް ކުރިއަށްގެންދިޔުމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  03 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/111

ތާރީޚް: 14 ސެޕްޓެމްބަރ 2023