އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ ޓްރެކް އޭރިއާ ތަރައްޤީކުރުމާއި ގުޅިގެން އިވެލުއޭޝަން ކޮމިޓީއިން ނިންމެވި ނިންމުމާއިމެދު ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުމާއި ގުޅޭ

20 ސެޕްޓެމްބަރ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/112

ބޭއްވުނު ތާރީޚް: 20 ސެޕްޓެންބަރު 2023  

ޖަލްސާ:2023  ވަނަ އަހަރުގެ 36 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 115 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ފޭދޫ ޓްރެކް އޭރިއާގައި ޓޫރިސްޓް ޔޮޓް މެރީނާ، ކްރޫޒް ޓަރމިނަލް އަދި 100 ރޫމްގެ ޓޫރިސްޓް ހޮޓެލްއެއް ތަރައްޤީކޮށް، ހިންގައި، ބެލެހެއްޓުމަށްޓަކއި  12 ޖުލައި 2023 ކުރެވުނު ނަންބަރު: (IUL)426-AB/426/2023/312 ޢިއުލާންއާއި ގުޅިގެން، މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތުގެ ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމުގެ މަރުހަލާ ނިމިފައިވުމާއި ގުޅިގެން، އިވެލުއޭޝަން ކޮމެޓީއިން ނިންމެވި ނިންމުމާއިމެދު ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުމަށް.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " އައްޑޫ ސިޓީ ފޭދޫ ޓްރެކް އޭރިއާގައި ޓޫރިސްޓް ޔޮޓް މެރީނާ، ކްރޫޒް ޓަރމިނަލް އަދި 100 ރޫމްގެ ޓޫރިސްޓް ހޮޓެލްއެއް ތަރައްޤީކޮށް، ހިންގައި، ބެލެހެއްޓުމަށްޓަކައި ، އިވެލުއޭޝަން ކޮމިޓީއިން ނިންމަވާފައިވާ ގޮތަށް ބިޑު ހުށަހަޅާފައިވާ ފަރާތަށް ބިން ކުއްޔަށް ދިނުމަށް ފެންނަކަމަށާއި އެފަރާތާއެކު އެގްރިމެންޓްކޮށް ބިން ހަވާލުކުރުމަށް ބިޑު ހުށަހެޅި ފަރާތުގެ ތެރެއިން ބިޑު ކާމިޔާބު ކުރެވުނު ކަމަށް ކޮމިޓީން ނިންމަވާފައިވާ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ބިން ހަވާލުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ނާދިރު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  03 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/112

ތާރީޚް: 20 ސެޕްޓެމްބަރ 2023