އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ ނަންބަރ 426-B(4)/2023/028 ނިންމުން މުރާޖާކުރުމަށް އެދި

20 ސެޕްޓެމްބަރ 2023     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2023/114

ބޭއްވުނު ތާރީޚް: 20 ސެޕްޓެންބަރު 2023  

ޖަލްސާ:2023  ވަނަ އަހަރުގެ 36 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 115 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލްގެ ނަންބަރ 426-B(4)/2023/028 ނިންމުން މުރާޖާކުރުމަށް އެދި.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލް ބިއުރޯ

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " އައްޑޫ ސިޓީ ކައުންސިލްގެ ނަންބަރ 426-B(4)/2023/028 ނިންމުން މުރާޖާކޮށް، ލޯކަލް އޮތޯރިޓީ ކުންފުނީގެ 1 ވަނަ ބޯޑު ބައްދަލުވުމުން ނިންމާފައިވާ ގޮތަށް، ކޮންމެ މަހަކު މަދުވެގެން 1 ބޯޑު ބައްދަލުވުން ބޭއްވުމަށާއި، މަދުވެގެން 1 (އެކެއް) ބައްދަލުވުމަށް ހާޒިރުވުމުން ޖުމްލަ 5000 (ފަސްހާސް) ރުފިޔާގެ އެލަވެންސް ދިނުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  02 ވޯޓް

ނުފެންނަކަމަށް:  03 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/114

ތާރީޚް: 20 ސެޕްޓެމްބަރ 2023