އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ދަނޑުބިން ދޫކުރުމާއި ގުޅޭ އުސޫލް ފާސްކުރުމަށް

5 އޮކްޓޯބަރ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/115

ބޭއްވުނު ތާރީޚް: 05 އޮކްޓޯބަރ 2023  

ޖަލްސާ:2023  ވަނަ އަހަރުގެ 37 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 116 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީގައި ދަނޑުބިން ދޫކުރުމާއި ގުޅޭ އުސޫލް ފާސްކުރުމަށް.

މައްސަލަ ހުށަހެޅި ފަރާތް: އާއްމު ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީގައި ދަނޑުބިން ދޫކުރުމާއި ގުޅޭ އުސޫލުގެ 11 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ބިމުގެ ކުއްޔަށް އެންމެ މަދުވެގެން ހުށަހެޅޭނީ އަކަފޫޓަކަށް 15 ލާރީގެ ބަދަލުގައި 10 ލާރި ކަމަށާއި، ކައުންސިލުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ މިހާރުވެސް ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެމަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތަށް މިއުސޫލާއި އެއްގޮތަށް އެއްބަސްވުން އާކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  00 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/115

ތާރީޚް: 5 އޮކްޓޯބަރ 2023