ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/121 |
|
ބޭއްވުނު ތާރީޚް: 18އޮކްޓޯބަރ 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 39 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 118 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީ ފޭދޫއިން ޓޫރިޒަމް ބޭނުމަށް ކޮންޑޯމީނިއަމް ތަރައްޤީކުރުމަށްޓަކައި 71,508.5އަކަފޫޓުގެ ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AB/426/2023/366 އިޢުލާނުގެ ދަށުން ހުށަހެޅި ބިޑު އިވެލުއޭޓްކުރުމުން، މާކްސް ލިބިފައިވާ ފަރާތައް ބިޑު އެވޯޑުކުރުމާއިމެދު ކައުންސިލަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަވައި ދެއްވުމަށް |
||||
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އިވެލުއޭޝަން ކޮމިޓީ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫ ސިޓީ ފޭދޫއިން ޓޫރިޒަމް ބޭނުމަށް ކޮންޑޯމީނިއަމް ތަރައްޤީކުރުމަށްޓަކައި 71,508.5 އަކަފޫޓުގެ ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AB/426/2023/366 އިޢުލާނުގެ ދަށުން ހުށަހެޅި ބިޑު އިވެލުއޭޓްކުރުމުން، ލިބިފައިވާ މާކްސް އަށް ބަލާއިރު ޕްރީމިއަރ ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑް އިން ހުށަހަޅާފައިވާ މުއްދަތަށް މިޕްރޮޖެކްޓް ހިންގުމަށްޓަކައި މިބިޑު އެވޯޑުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މުޙައްމަދު ފައިޞަލް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 02 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ފޭދޫއިން ޓޫރިޒަމް ބޭނުމަށް ކޮންޑޯމީނިއަމްގެ ބިޑް އިވެލުއޭޓްކޮށް މާކްސް ލިބިފައިވާ ފަރާތައް ބިޑު އެވޯޑުކުރުމާއިމެދު ގޮތެއް ނިންމުމާއި ގުޅޭ