އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2023 ވަނަ އަހަރުގެ ރިވައިޒްޑް ބަޖެޓް އެކްޓިވިޓީ ޕްލޭން ފާސްކުރުން

1 ނޮވެމްބަރ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/131

ބޭއްވުނު ތާރީޚް:01 ނޮވެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 120 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

2023 ވަނަ އަހަރުގެ ރިވައިޒްޑް ބަޖެޓް އެކްޓިވިޓީ ޕްލޭން ފާސްކުރުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، 2023 ވަނަ އަހަރު ކައުންސިލްގެ އާމްދަނީ (JLCL ) ބަޖެޓުން ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ކުރިޔަށް ނުގެންދެވޭނެކަމަށް ލަފާކުރެވޭ ހަރަކާތްތައް އުނިކޮށް، މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް ލަފާކުރާ ހަރަކާތްތައް އެކްޓިވިޓީ ޕްލޭންގައި ހިމެނާއި ހަރަކާތްތަކަށް ބަޖެޓު ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް- ޝިނާޒު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01- ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް
ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/131

ތާރީޚް: 1 ނޮވެމްބަރ 2023