އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަޤާމަށް ފަރާތެއް އައްޔަން ކުރުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

9 ނޮވެމްބަރ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/134

ބޭއްވުނު ތާރީޚް:09 ނޮވެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 42 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 121 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަޤާމަށް ފަރާތެއް އައްޔަން ކުރުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލް ބިއުރޯ

ނިންމުން

މައްސަލަ ނިމުނުގޮތް:

 

 " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަޤާމަށް އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ މިނިވަން ޑިރެކްޓަރ މުހައްމަދު އިމްއާން އައްޔަން ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  01 ވޯޓް

ނުފެންނަކަމަށް:  03 ވޯޓް

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/134

ތާރީޚް: 9 ނޮވެމްބަރ 2023