އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމްތައް އިވަލުއޭޓް ކުރުމަށް ކަނޑައަޅާފައިވާ ގޯތި ކޮމިޓީ އަށް މެމްބަރުން އިތުރު ކުރުމާއި ގުޅޭ

9 ނޮވެމްބަރ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/135

ބޭއްވުނު ތާރީޚް:09 ނޮވެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 42 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 121 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުޅުދޫ އަވަށުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމްތައް އިވަލުއޭޓް ކުރުމަށް ކަނޑައަޅާފައިވާ ގޯތި ކޮމިޓީ އަށް މެމްބަރުން އިތުރު ކުރުމާއި  އަދި އެކޮމިޓީ އިން އަލަށް އިޢުލާން ކުރެވިފައިވާ ފްލެޓްތަކުގެ ފޯމްތައްވެސް އިވަލުއޭޓް ކުރުމާއި މެދު ގޮތެއް ނިންމުމަށް.

މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ހުޅުދޫ އަވަށުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓް ކުރުމަށް ކަނޑައަޅާފައިވާ ގޯތި ކޮމިޓީގެ ބައެއް މެމްބަރުންނަށް ބައިވެރިވެވެން ނެތުމާއި އެކު ތިރީގައި ބަޔާން ކުރެވިފައިވާ ފަރާތްތައް ކޮމީޓިއަށް އިތުރުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

  1. ޢާއިޝަތު އަޛުރަތު، ސީނިއަރ ކައުންސިލް އޮފިސަރ
  2. އަސީރު ޢަބްދުﷲދީދީ، ސާރވެޔަރ
  3. ނިޝާމް މޫސާ، އެސިސްޓެންޓް ސާރވެޔަރ

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:  00 ވޯޓް

ނުފެންނަކަމަށް:  00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/135

ތާރީޚް: 9 ނޮވެމްބަރ 2023