އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫގެ ކުލީ ބިން 3 އިން ބިޑު އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތައް ބިޑު އެވޯޑުކުރުމާއިމެދު ގޮތެއް ނިންމުމާއި ގުޅޭ

4 ޖެނުއަރީ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/142

ބޭއްވުނު ތާރީޚް:29  ނޮވެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 44 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 123 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ފޭދޫ އަވަށުން 4 ބިމާއި  މަރަދޫފޭދޫ އަވަށުން 1 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2023/354 އިޢުލާނުގެ ދަށުން ސ.މަރަދޫފޭދޫގެ ކުލީ ބިން 3 އަށް ހުށަހެޅި ބިޑުތަކުގެ ތެރެއިން، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތައް ބިޑު އެވޯޑުކުރުމާއިމެދު ކައުންސިލަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަވައި ދެއްވުމަށް

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އިވެލުއޭޝަން ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ ފޭދޫ އަވަށުން 4 ބިމާއި  މަރަދޫފޭދޫ އަވަށުން 1 ބިން ކުއްޔަށް ދޫކުރުމަށް  ކުރެވުނު ނަންބަރު: (IUL)426-AE/426/2023/354 އިޢުލާނުގެ ދަށުން 10 އަހަރު ދުވަހުގެ މުއްދަތަށް ކުލީ ބިން  ކުއްޔަށް ދޫކުރުމަށް ހުޅުވާލުމުން ސ.މަރަދޫފޭދޫގެ ކުލީ ބިން 3 އަށް ހުށަހެޅި ބިޑުތައް އިވެލުއޭޓް ކުރެވިފައިވާތީ،  އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ މުޙައްމަދު ސަޢީދު (ހިކިފިނިފެންމާގެ) ސަރަންދީބު، ސ.މަރަދޫ ބިޑު އެވޯޑުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޚާލިދާ މުހައްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުހައްމަދު ފައިސަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:02  ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/142

ތާރީޚް: 4 ޖެނުއަރީ 2024