ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/149 |
|
ބޭއްވުނު ތާރީޚް: 13 ޑިސެމްބަރ 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 46 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 125 ވަނަ ޖަލްސާ) |
މައްސަލަ |
|||
ހުށަހެޅުނު މައްސަލަ: ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި އައްޑޫސިޓީގެ ދާއިރާތައް ހާއްސަކޮށް އައްޑޫ ސިޓީ ހިތަދޫ ދާއިރާތައް ބަހާފައިވާ ގޮތް އެއްވެސްވަރަކަށް މަޝްވަރާކޮއްފައި ނުވުމާއި އަދި ހިތަދޫގެ ދާއިރާތަށް ބަހާފައިވާ ގޮތަށް ޝަކުވާ ހުށައަޅަންވެސް ފުރުސަތު ދީފައި ނުވުމާއި އަދި ކައުންސިލާއި މަޝްވަރާ ނުކޮށް އައްޑޫ ސިޓީގެ ދާއިރާ ތައް ކަނޑައަޅާފައިވާތީ އަދި އެކަމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާތީ މިކަމަށް ހައްލެއް ހޯދުމަށް ކައުންސިލުން ގޮތެއް ނިންމުމަށް އެދި |
|||
މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާޢު |
|||
ނިންމުން |
|||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި އައްޑޫސިޓީގެ ދާއިރާތައް އިންތިޚާބީ ދާއިރާތަށް ކަނޑައަޅާފައިވާ ގޮތާމެދު ރައްޔިތުންގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނާއި ހިއްސާކޮށް ހައްލު ހޯދުމަށް މަޝްވަރާކުރުމާއި އެކު މި މައްސަލައަށް ޙައްލުހޯދުމުގެ ގޮތުން ޝަރީޢަތަށް ދާންޖެހިއްޖެނަމަ ކައުންސިލްގެ ފަރާތުން މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
|||
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒު |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު |
||
ވޯޓް ދެއްވި ގޮތް |
|||
ބައިވެރިވެވަޑައިނުގަންނަވާ:02 ވޯޓް |
ނުފެންނަކަމަށް: 01 ވޯޓް |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ކައުންސިލާއި މަޝްވަރާ ނުކޮށް އައްޑޫގެ ދާއިރާތައް ކަނޑައަޅާފައިވާތީ އެކަމާއި ގުޅިގެން ލިބޭ ޝަކުވާތަކާއި ގުޅޭ މައްސަލައާ މެދު ގޮތެއް ނިންމުން