އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޖީއެންއެސްއެސް (ގްލޯބަލް ނެވިގޭޝަން ސެޓެލައިޓް ސިސްޓަމް) ބޭނުންކޮށްގެން ހިތަދޫ އަވަށުގެ އޭޒްބިލްޓް ޗާޓްކުރެހުމާއި ގުޅޭ މައްސަލަ

4 ޖެނުއަރީ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/153

ބޭއްވުނު ތާރީޚް:20 ޑިސެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 47 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 126 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޖީއެންއެސްއެސް (ގްލޯބަލް ނެވިގޭޝަން ސެޓެލައިޓް ސިސްޓަމް) ބޭނުންކޮށްގެން ހިތަދޫ އަވަށުގެ އޭޒްބިލްޓް ޗާޓްކުރެހުން

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާޢު

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ހިތަދޫ އަވަށުގެ އޭޒްބިލްޓް ސާވޭކޮށް ޗާޓްކުރަހާދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް
ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/153

ތާރީޚް: 4 ޖެނުއަރީ 2024