ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2023/157 |
|
ބޭއްވުނު ތާރީޚް: 20 ޑިސެމްބަރ 2023 |
ޖަލްސާ:2023 ވަނަ އަހަރުގެ 47 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 126 ވަނަ ޖަލްސާ) |
މައްސަލަ |
|||
ހުށަހެޅުނު މައްސަލަ: ޓޫރިޒަމް ޒޯންތަކުން ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ނުގެންދާ ފަރާތްތަކާއިމެދު އަމަލު ކުރާނެ ގޮތަކާއިމެދު ލީގަލް ސެކްޝަން އިން ދެއްވާފައިވާ ޤާނޫނީ ލަފަޔާއި އެއްގޮތަށް އެއްބަސްވުމުގެ 24 ވަނަ މާއްދާގެ (i) އަދި (ii) ގެ ދަށުން ޖުރިމާނާ ކަނޑައެޅުން |
|||
މައްސަލަ ހުށަހެޅި ފަރާތް: ޓޫރިޒަމް ކޮމެޓީ |
|||
ނިންމުން |
|||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، ޓޫރިޒަމް ޒޯންތަކުން ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމާއި ޚިލާފްވި ފަރާތްތަކުގެ ތެރެއިން ޤަވާއިދާ ޚިލާފަށް ބިން ބޭނުންކުރަމުންދާ ފަރާތްތަކަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ރަގަޅުނުކޮށްފިނަމަ 25000 USD (ފަންސަވީސް ހާސް ޔޫއެސް ޑޮލަރު) އިން ޖޫރީމާނާ ކުރުމަށާއި ޓޫރިޒަމް ޒޯންތަކުގައި އެއްބަސްވުމާއި އެއްގޮތަށް ވޯކް ޕްލޭން އަދި ޑީޓެއިލް ޑްރޯވިންގ އެޕްރޫވް ކުރުމަށް ހުށަނާޅާ ފަރާތްތަކަށް އެކަން ކުރުމަށް 30 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެ މުއްދަތުގެ ތެރޭގައި ލިޔުންތައް ހުށަނާޅާ ފަރާތްތައް 25000 USD (ފަންސަވީސް ހާސް ޔޫއެސް ޑޮލަރު) އިން ޖުރިމަނާ ކުރެވިގެންދާނެ ކަމަށް އެފަރާތްތަކަށް އެންގުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
|||
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު |
||
ވޯޓް ދެއްވި ގޮތް |
|||
ބައިވެރިވެވަޑައިނުގަންނަވާ:03 ވޯޓް |
ނުފެންނަކަމަށް: 01 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ޓޫރިޒަމް ޒޯންތަކުން ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނުކުރާ ފަރާތްތަކާއިމެދު އަމަލު ކުރާނެ ގޮތް ނިންމުން