އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ މިސްކިތްތައް ސޯލާ ކުރުމަށް ބޭނުންވާ ފައިސާ ޓްރަސްޓްފަންޑުން ނެގުމުގެ މައްސަލަ އާއި ގުޅޭ

24 ޖެނުއަރީ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/010

ބޭއްވުނު ތާރީޚް:  24 ޖަނަވަރީ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 03 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 129 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ މިސްކިތްތައް ސޯލާ ކުރުމަށް ބޭނުންވާ ފައިސާ ޓްރަސްޓްފަންޑްން ނެގުމުގެ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: އިދާރީ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:      

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީގެ މިސްކިތްތައް ސޯލާ ކުރުމަށް ބޭނުންވާ ފައިސާ ޓްރަސްޓްފަންޑްން އައްޑޫސިޓީ ކައުންސިލް އިދާރާއަށް %3 އިންޓްރެސްޓް އާއެކު 4000000 (ހަތަރު މިލިއަން) ރުފިޔާ 06 (ހައެއް) މަސްދުވަހުގެ ގްރޭސް ޕީރިއަޑްއަކާ އެކު 06 (ހައެއް) އަހަރު ދުވަހުން އަނބުރާދައްކާ ގޮތަށް ލޯނެއް ނެގުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް
ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/010

ތާރީޚް: 24 ޖެނުއަރީ 2024