މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ކައުންސިލްގެ 2017 ވަނަ އަހަރުގެ 44 ވަނަ ޖަލްސާއިން ނިންމާފައިވާ ގޮތުގެ މަތިން ޤަވާޢިދު ކޮމިޓީގެ މަސައްކަތުގެ މަރުހަލާގައި ކައުންސިލް ހިންގާ ޤަވާޢިދަށް 2 ވަނަ އިޞްލާޙު ގެނައުމާއި ގުޅިގެން އެ އިޞްލާޙުތައް ފާސްކުރުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ލީގަލް ޔުނިޓް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މިއިދާރާގެ ލީގަލް ޔުނިޓުން ހުށަހަޅާފައިވާ ހުށަހެޅުމުގައިވާ ގޮތުގެމަތިން ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 2 ވަނަ އިޞްލާޙުގައި "ކައުންސިލަށް މައްސަލަ ހުށަހެޅުން" 71 ވަނަ ނަމްބަރު ލިޔެވިފައި ވަނީ އޮޅުމަކުން ކަން ފާހަގަކުރެވޭ ކަމަށާއި، ކައުންސިލް ހިންގާ ޤަވާޢިދުގައި ކައުންސިލަށް މައްސަލަ ހުށަހެޅުން " ބަޔާން ކުރެވިފައިވަނީ ޤަވާޢިދުގެ 16 ވަނަ ނަމްބަރުގައި ކަމަށްވާތީ، ހުށަހަޅާފައިވާ އިޞްލާޙުގައި 71 ވަނަ ނަމްބަރު ލިޔެވިފައިވާ ތަން 16 ވަނަ ނަމްބަރަށް އިޞްލާޙުކޮށް " ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ހިމެނުމަށް ހުށަހަޅާފައިވާ އިޞްލާޙުތައް ހިމަނައިގެން ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 2 ވަނަ އިޞްލާޙު ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 02 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ކައުންސިލް ހިންގާ ޤަވާޢިދަށް 2 ވަނަ އިޞްލާޙު ގެނައުމާއި ގުޅިގެން އެ އިޞްލާޙުތައް ފާސްކުރުން