އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލުން ދަނޑުވެރިކަމަށް ދޫކުރެވިފައިވާ ބިންތަކާއި ގުޅޭ

29 ފެބުރުއަރީ 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/022

ބޭއްވުނު ތާރީޚް:  29 ފެބްރުވަރީ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 07 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 133 ވަނަ ޖަލްސާ)

 

މައްސަލަ

އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށް 2 ނޮވެމްބަރ 2023 ގައި އާއްމުކޮށްފައިވާ އުޞޫލާއި އެއްގޮތަށް، އެ އުޞޫލް ފާސްކުރުމުގެ ކުރިން އައްޑޫސިޓިގެ އަވަށްތަކުން ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ ތެރެއިން ގަވާއިދުން މަސައްކަތްކުރަމުންދާ ދަނޑުބިންތަކުގެ އެއްބަސްވުންތައް އާކޮށްދިނުމަށާއި، ލޭންޑް ޔޫޒް ޕްލޭންގައި ދަނޑުވެރިކަމަށް ޚާއްސަކުރެވިފައިވާ ސަރަޙައްދުތަކުން މިވަގުތު ދޫކުރެވެންހުރި ބިންތައް ދޫކުރުމަށް އިއުލާން ކުރުމަށާއި، އަދި އެގޮތުން އާކޮށްދޭ އެއްބަސްވުންތަކާއި އަލަށް ދޫކުރާ ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު ފޭށޭ ތާރީޚުން ފެށިގެން 1 އަހަރުދުވެހުގެ މުއްދަތަށް ކުލި ނުނަގާ ގޮތަށް ފާސްކުރުމަށް އެދި.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސައިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:

             " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،

  1. އައްޑޫސިޓީގެ އަވަށްތަކުގެ ލޭންޑް ޔޫޒް ޕްލޭނާއި އަދި ދަނޑުބިން ދޫކުރުމުގެ އުޞޫލާއި އެއްގޮތަށް ދަނޑުވެރިކަމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކުން މިވަގުތު ދޫކުރެވެން ހުރި ބިންތައް އިޢުލާންކުރުމަށާއި،
  2. ދަނޑުވެރިކަންކުރުމަށް ދޫކުރެވިފައިހުރި ބިންތަކުގެ މަސައްކަތާއި އިންވެސްޓްކޮށްފައިވާގޮތުގެ ހާލަތު އެއަވަށެއްގެ އަވަށު އޮފީސް މެދުވެރިކޮށް ބަލައި، އަވަށު އޮފީހުން ހުށަހަޅާ ރިޕޯޓަށް ރިއާޔަތް ކުރުމާއެކު ކައުންސިލުން ފާސްކޮށްފައިވާ އުޞޫލާއި އެއްގޮތަށް އަދި 1 ފަރުދެއްގެ ނަމުގައި ދޫކުރެވިފައިވާ ބިމުގެ ސައިޒް 20000 އަކަފޫޓަށްވުރެ ބޮޑުނުވާގޮތަށް، ގަވައިދުން ދަނޑުވެރިކަންކުރާ ބިންތަކުގެ އެއްބަސްވުންތައް 20 އަހަރު ދުވަހަށް އާކޮށް ދިނުމަށާއި،
  3. އާކޮށްދެވޭ އެއްބަސްވުންތަކާއި އަދި އަލަށް ދޫކުރާ ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު ފޭށޭ ތާރީޚުން ފެށިގެން 1 އަހަރުދުވެހުގެ މުއްދަތަށް ކުލި ނުނަގާ ގޮތަށް ފާސްކުރުމަށާއި،
  4. ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އުޞޫލުގެ 6 ވަނަ މާއްދާ އާއި 11 ވަނަ މާއްދާގައި ކުލި ނެގޭ އުޞޫލު ކަނޑައެޅިފައި ވީނަމަވެސް، އައްޑޫސިޓީގެ އިގްތިޞާދީ ހާލަތަށް ބަލައި ލުއިދިނުމުގެ ގޮތުން، އެއުޞޫލުގެ 20 ވަނަ މާއްދާ އަކީ އެމާއްދާގެ (ހ) ކަމަށް ކަނޑައަޅައި މާއްދާ އިސްލާޙްކޮށް އަކުރެއް އިތުރުކޮށް، އަލަށް ދޫކުރާ ބިން ހަވާލުކުރާ ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ކުލި މާފުކޮށް ދިނުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވާކަމަށް، (ށ) ގައި ހިމެނުމަށް ފެންނަކަމަށް

" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް
ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/022

ތާރީޚް: 29 ފެބުރުއަރީ 2024