އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ބަދަރުގައި ފިއުލް ސްޓޯރޭޖް އަކާއިއެކު ފިއުލް ޝެޑެއް ޤާއިމްކުރުމަށް ބިމެއް ދޫކުރުމާއި ގުޅޭ

6 މާރޗް 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/024

ބޭއްވުނު ތާރީޚް:  06 މާރިޗް 2024

ޖަލްސާ:2024  ވަނަ އަހަރުގެ 08 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 134 ވަނަ ޖަލްސާ)

 

މައްސަލަ

އެއްގަމާއި ކަނޑު އުޅަނދުފަހަރަށް ތެޔޮވިއްކާގޮތަށް، އައްޑޫސިޓީ ހިތަދޫ ބަދަރުގައި ފިއުލް ސްޓޯރޭޖް އަކާއިއެކު ފިއުލް ޝެޑެއް ޤާއިމްކޮށް ވިޔަފާރި އުޞޫލުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބިމެއް ދޫކުރުމަށް އިއުލާން ކުރުން.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސައިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:

              " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހިތަދޫ ބަދަނރު ސަރަޙައްދުން ވިޔަފާރި އުސޫލުން އެއްގަމާއި ކަނޑު އުޅަނދުފަހަރަށް ތެޔޮ ވިއްކުމުގެ ޚިދުމަތް ދިނުމަށް ސްޓޯރޭޖާއި އެކު ފިއުލް ޝެޑެއް ޤާއިމް ކުރުމަށް 19331 އަކަފޫޓުގެ ބިން (ހިތަދޫ އަވަށުގެ ލޭންޑް ޔޫޒް ޕްލޭނާއި އެއްގޮތަށް) ދޫކުރުމަށް އިއުލާންކުރުމަށް ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅިކައުންސިލަރ ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(4)/2024/024

ތާރީޚް: 6 މާރޗް 2024