އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫގެ ލޭންޑް ޔޫޒް ޕްލޭންގައި މެދު ބަނދަރުމަގުގެ އުތުރުން ކުލީ ބިންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދުން ބިމެއް ދޫކުރުމާއި ގުޅޭ

6 މާރޗް 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/025

ބޭއްވުނު ތާރީޚް:  06 މާރިޗް 2024

ޖަލްސާ:2024  ވަނަ އަހަރުގެ 08 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 134 ވަނަ ޖަލްސާ)

 

މައްސަލަ

މީދޫގެ ލޭންޑް ޔޫޒް ޕްލޭންގައި މެދު ބަނދަރުމަގުގެ އުތުރުން ކުލީ ބިންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދުން 10000 އަކަ ފޫޓުގެ ބިމެއް ތެލުގެ ވިޔަފާރި ކުރުމަށް ދޫކުރުމަށް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އާމިނަތު ސާލިހާ

ނިންމުން

މައްސަލަ ނިމުނުގޮތް:

             " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،

މީދޫގެ މެދު ބަނދަރުމަގުގެ އުތުރުން ކުލީ ބިންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދުން 10000 އަކަ ފޫޓުގެ ބިމެއް ތެލުގެ ވިޔަފާރި ކުރުމަށް ކުއްޔަށް ދޫކުރުމަށް އިއުލާން ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އާމިނަތު ސާލިހާ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް
ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/025

ތާރީޚް: 6 މާރޗް 2024