އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޖުލައި 26 ވަނަ ދުވަހު ބޭއްވުމަށް ކަނޑައެޅިފައިވާ ބައިސިކަލް ރޭސް ބޭއްވުމާއި ގުޅޭގޮތުން

6 މާރޗް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސޯޝަލް ސަރވިސް ސެކްޝަނުގެ 2018 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލުގައި ހިމެނޭ އެކްޓިވިޓީ ތަކުގެ ތެރެއިން ޖުލައި 26 ވަނަ ދުވަހު ބޭއްވުމަށް ކަނޑައެޅިފައިވާ ބައިސިކަލް ރޭސް ބޭއްވުމާއި މެދު ސްޕޯރޓްސް ކައުންސިލްގައި މަޝްވަރާ ކުރެވި އެކައުންސިލުން ނިމިފައިވާ  ނަމްބަރު :02  ނިންމުމަށް ކައުންސިލުން ގޮތެއް ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސަރވިސް ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް:

" ސޯޝަލްސަރވިސް ސެކްޝަނުން ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު، މިމައްސަލައާއި ގުޅިގެން ސްޕޯރޓްސް ކައުންސިލަށް ފެންނަގޮތް ނިންމާފައިވާ ކަން އެނގޭ ކަމަށާއި، އެކައުންސިލްގެ ނިންމުމުގައި ސޯޝަލްސަރވިސް ސެކްޝަނުން 3 ވަނަ ފަރާތެއްގެ ބަސް ހޯދަންޖެހޭ ކަމަށް އެނގެން އޮތްއިރު، އެފަރާތުގެ ބަސްނެތި މި މައްސަލަ ކައުންސިލަށް ހުށަހެޅުމުން ކައުންސިލްގެ މަސައްކަތުގެ ވަގުތު ގެއްލޭ ކަމަށާއި، މިގޮތަށް ހުށަހެޅޭ މައްސަލަ ތަކުގައި ސެކްޝަނުން އެއްކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް އެއްކުރުމަށްފަހު މަޢުލޫމާތު ހިމަނުއްވައި ކައުންސިލަށް މައްސަލަ ހުށަހެޅުމަކީ ކައުންސިލް އެދޭ ކަމެއްކަމަށާއި، 

އައްޑޫގައި ބައިސްކަލް ރޭހެއް ކުރިއަށް ގެންދިއުމަށް ސްޕޯރޓްސް ކައުންސިލުން، އައްޑޫސިޓީ ކައުންސިލް އިދާރާގެ ރެކްރިއޭޝަން ކްލަބާއި ޙަވާލުކުރުމަށް ފެންނަކަމަށް ނިންމާފައިވީ ނަމަވެސް، ކައުންސިލް އިދާރާގެ ރެކްރިއޭޝަން ކްލަބަކީ ރަޖިސްޓްރީ ކުރެވިފައިވާ ކްލަބަކަށް ވެފައި ކްލަބުން ކަންކަން ނިންމޭނީ ހިންގާ ކޮމިޓީން ކަމަށް ވުމުން، އަދި މިފަދަ ކަންކަން ދިގުލައިގެން ނުދާނެ ގޮތަށް މަސައްކަތް ރާވާ ހިންގުން މުހިއްމުކަމަށް ދެކޭކަމަށާއި، މިމައްސަލަ ކައުންސިލުން ކުރިއަށް ގެންދިއުމުގެ ކުރިން ސޯޝަލްސަރވިސް ސެކްޝަނުން ކައުންސިލް އިދާރާގެ ރެކްރިއޭޝަން ކްލަބާއި މަޝްވަރާ ކުރުމަށްފަހު އެކްލަބްގެ ރައުޔު ހޯއްދަވައި މައްސަލައަށް ގޮތެއް ނިންމުމަށް އަލުން މައްސަލަ ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން  މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް   

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/42

ތާރީޚް: 6 މާރޗް 2018