އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 31 ވަނަ ބައްދަލުވުމުގެ ނިންމުންތައް - 01-035

2 މޭއި 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/035-01

ބޭއްވުނު ތާރީޚް:  02 މޭ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 13 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 139 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 31 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ކައުންސިލުންގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ޓޫރިޒަމް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ޓޫރިޒަމް ކޮމިޓީގެ ރަސްމީ 31 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަ ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މަރްޔަމް ސަޢީދާ

 

ޓޫރިޒަމް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަ

27 ވަނަ ޓޫރިޒަމް ކޮމެޓީގެ ނިންމުމާއި އެއްގޮތަށް، ޓޫރިޒަމް ޒޯންތަކުން ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ނުގެންދާ ފަރާތްތަކަށް، 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ވޯކްޕްލޭން ހުށަހެޅުމަށް އަންގައި ނޯޓިސް ފޮނުވިފައި ވީނަމަވެސް، ގިނަފަރާތްތަކުން އެއްބަސްވުމުގައި ބަޔާންކުރާ ވޯކްޕްލޭން ހުށަހަޅާފައި ނުވުމާއި ގުޅިގެން، ވޯކްޕްލޭން ހުށަނާޅާ ފަރާތްތަކާއިމެދު ދެން ޢަމަލު ކުރަންވީ ގޮތާއި މެދު، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 06 ވޯޓު

ފެންނަކަމަށް: 06 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 40

 ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/035-01

ތާރީޚް: 2 މޭއި 2024