ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/035-03 |
|
ބޭއްވުނު ތާރީޚް: 02 މޭ 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 13 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 139 ވަނަ ޖަލްސާ) |
މައްސަލަ |
||||||||||
ހުށަހެޅުނު މައްސަލަ: ޓޫރިޒަމް ކޮމިޓީގެ ރަސްމީ 31 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ކައުންސިލުންގޮތެއް ނިންމުމަށް |
||||||||||
މައްސަލަ ހުށަހެޅި ފަރާތް: ޓޫރިޒަމް ކޮމިޓީ |
||||||||||
ނިންމުން |
||||||||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ޓޫރިޒަމް ކޮމިޓީގެ ރަސްމީ 31 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަ ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ޓޫރިޒަމް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަ ފޭދޫ ޓޫރިޒަމް ޒޯންއިން ގެސްޓްހައުސް ގެގޮތުގައި ތަރައްޤީކުރުމަށް ގ.މަނައުމު، އަލްފާޟިލާ އިބްތިސާމް އިބްރާހީމް މުޙައްމަދު ދީދީ އަށް ދޫކުރެވިފައިވާ، 10،000 އަކަފޫޓުގެ A2 ޕްލޮޓްއަށް ލިބިދީފައިވާ އެންމެހާ ހައްޤުތައް، ޕްރިމިއަރ ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްއަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، މި މައްސަލަ، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ޓޫރިޒަމް ކޮމިޓީގެ ރަސްމީ 31 ވަނަ ބައްދަލުވުމުގެ ނިންމުންތައް - 03-035