އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫގެ ފްލެޓް މަރާމާތުކުރުމުގެ މަސައްކަތް ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމާއި ގުޅޭ

2 މޭއި 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/038

ބޭއްވުނު ތާރީޚް:  02 މޭ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 13 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 139 ވަނަ ޖަލްސާ)

 

މައްސަލަ

އައްޑޫސިޓީ ހިތަދޫގެ ފްލެޓް މަރާމާތުކުރުމުގެ މަސައްކަތް ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމާއި މެދު ގޮތެއް ނިންމަވައިދެއްވުމަށް އެދި 

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އާމިނަތު އަދާލާ ރަޝީދު

ނިންމުން

 

މައްސަލަ ނިމުނުގޮތް:

              " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،  މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ފްލެޓް މަރާމާތުކުރުމުގެ މަސައްކަތް ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ހަވާލުކުރުމުން ގިނަ ދުވަސްތަކެއް ނެގުމަކީ އެކަށީގެންވާ ކަމަކަށްވެދާނެތީ މަރާމާތްތަކުގެ މައުލޫމާތު އެއްކޮށް، މަޢުލޫމާތު ޝީޓު ތައްޔާރުކުރުމަށްފަހު ކައުންސިލް އިދާރާއިން އިއުލާން ކުރުމަށް ފެންނަކަމަށް." ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/038

ތާރީޚް: 2 މޭއި 2024