އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އުޞޫލަށް 01 ވަނަ އިސްލާޙުގެ ޢުސޫލު ކައުންސިލުން ފާސްކުރުމާއި ގުޅޭ

8 މޭއި 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/040

ބޭއްވުނު ތާރީޚް:  08 މޭ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 14 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 140 ވަނަ ޖަލްސާ)

މައްސަލަ

ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އުޞޫލަށް 01 ވަނަ އިސްލާޙުގެ ޢުސޫލު ކައުންސިލުން ފާސްކުރުމަށް

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސައިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:

       " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،  މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ފޯމާއެކު ހުށަހަޅާފައިވާ "ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އުޞޫލަށް 1 ވަނަ އިޞްލާޙު ގެނައުމުގެ އުޞޫލު" ހުށަހަޅާފައިވާ ގޮތުގެ މަތީން ފާސްކޮށްދެއްވުމަށާއި މިހާރު ދޫކޮށްފައިވާ ދަނޑުބިންތަކުގެ ތެރެއިން ގިނަ ބިންތަކަކީ ކައުންސިލުން ގޮތެއް ނިންމައި އަންގަންދެން ކުއްޔެއް ނުނަގާ ގޮތަށް ހުރި ބިންތަކަކަށްވެފައި، އެފަދައިން ދޫކޮށްފައިވާ މަދު ބިންތަކަކުން ކުލި ނަގާގޮތަށް ހުރި ބިންތައް މިއުޞޫލުގެ ތެރެއިން ދޫކުރާ ހިނދު، މިހާތަނަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ މަޢާފުކޮށްދިނުމާއެކު، އުޞޫލުގައިވާ ގޮތުގެ މަތީން އައު އެއްބަސްވުން ހެދުމުގެ ފުރުޞަތު ދިނުމަށް ފާސްކުރުމަށް ފެންނަކަމަށް." ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް
ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/040

ތާރީޚް: 8 މޭއި 2024