އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ޑްރާފްޓް ފާސްކުރުމާއި ގުޅޭ

29 މޭއި 2024     


ކައުންސިލްގެ ނިންމުން
 

ނިންމުން ނަންބަރު: 426-B(4)/2024/047

ބޭއްވުނު ތާރީޚް:  29 މޭ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 17 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 143 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީގެ އެންމެހައި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމުގެ ބޭނުމުގައި އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން އައްޑޫ ސިޓީގެ އަވަށްތަކަށް އަމާޒުކޮށް ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން، އައްޑޫ ސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ ދަށުން، ގޯއްޗަށް އެދި ކުރިމަތިލީ ޝަރުޠުހަމަވާ އެންމެހައި ފަރާތްތަކަށް ބަންޑާރަ ގޯތި ދިނުމަށް ކައުންސިލްގެ ނަންބަރު :426-B(4)/2023/105 ނިންމުމުން ނިންމާފައިވާތީ، އެފަރާތްތަކަށް ގޯތި ދޫކުރުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ (ގޯތި ދޫކުރާ ފަރާތް) އާއި ގޯތި ލިބޭ ފަރާތާ ދެމެދު އެކުލަވާލަންޖެހޭ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ޑްރާފްޓް ފާސްކުރުމަށް ހުށައަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ލީގަލް އެންޑް ކޮމްޕްލައިންސް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،  މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 56 ވަނަ ބައްދަލުވުމުން ބުނެވިދިޔަ އެއްބަސްވުމުގެ ޑްރާފްޓް ފާސްކުރުމަށް ނިންމަވާފައިވާތީ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ (ގޯތި ދޫކުރާ ފަރާތް) އާއި ގޯތި ލިބޭ ފަރާތާ ދެމެދު އެކުލަވާލަންޖެހޭ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ޑްރާފްޓް ކޮމިޓީއިން ފާސްކުރައްވާފައިވާގޮތަށް ކައުންސިލުން ފާސްކުރުމަށާއި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ޑްރާފްޓް ޢާންމުންނަށް ފެންނާނެހެން ޝާއިޢުކުރުމަށް ފެންނަކަމަށް." ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް
ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-B(4)/2024/047

ތާރީޚް: 29 މޭއި 2024