އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށު އޮފީހާއި މިސްކިތްތަކުގައި ގެންގުޅެ ގިނަދުވަސްވެފައިވާ ތަކެތި ނީލަންކިއުމުން ވެސް ނީލަމުން ވިކިފައިނުވާތީ އެތަކެތި ނައްތާލުމާ ގުޅޭ

29 މޭއި 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/048

ބޭއްވުނު ތާރީޚް:  29 މޭ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 17 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 143 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ހުޅުދޫ އަވަށު އޮފީހާއި މިސްކިތްތަކުގައި ގެންގުޅެ އެކިއެކި މައްސަލަތައް ދިމާވެގެން ބޭނުންނުކުރެވި ގިނަދުވަސްވެފައިވާ ތަކެތި 03 ފަހަރު މަތިން ނީލަންކިއުމުން ވެސް އެތަކެތީގެ ތެރެއިން 07 އައިޓަމް ފިޔަވައި އިތުރު އެއްޗެއް ނީލަމުން ވިކިފައިނުވާތީ އެތަކެތި ނައްތާލަން ބޭނުންވެގެން ކައުންސިލުން ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،  މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،" ހުޅުދޫ އަވަށު އޮފީހާއި މިސްކިތްތަކުގައި ގެންގުޅެ އެކިއެކި މައްސަލަތައް ދިމާވެގެން ބޭނުންނުކުރެވި ގިނަދުވަސްވެފައިވާ ތަކެތި  ނީލަންކިއުމުން ވެސް ނީލަމުން ވިކިފައިނުވާތީ އެތަކެތި ނައްތާލުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ތިރީގައި ބަޔާން ކުރެވިފައިވާ 03 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

  1. މަރްޔަމް ޒަހާ    އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް
  2. ޢަލީ މުހައިމިނު   އެސިސްޓެންޓް ކައުންސިލް އޮފިސަރ
  3. ސަޢާދާ ޙަސަން   އެސިސްޓެންޓް ކައުންސިލް އޮފިސަރ

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/048

ތާރީޚް: 29 މޭއި 2024