އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިވެލުއޭޝަނުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ މައްސަލަ

13 ޖޫން 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އިވެލުއޭޝަނުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ މައްސަލަ   

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ ޢަބްދުﷲ ޞާދިޤު   

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

 

ކައުންސިލް އިދާރާގެ އިވެލުއޭޝަން ޕްރޮސެސް އެއްކޮށް ލަސްވެ ހުށަހެޅިފައިވާ ބިޑްތަކުގެ މުއްދަތު ހަމަވުމާއި ޕްރޮޖެކްޓްތަކާއި ގަންނަ ތަކެތި ލަސްވުމާއި ގުޅިގެން ހުށާހެޅިފފައިވާ މައްސަލައަކަށް ވާތީ، ޕްރީބިޑް ކޮމިޓީގެ ކޯރަމްގެ ޢަދަދު 4 އަށް ދަށްކޮށް ޕްރީ ބިޑް ކޮމިޓީއަށް ކައުންސިލަރ ޖަމްޝީދާ މުޙައްމަދު އަދި އިވެލުއޭޝަން ކޮމިޓީއަށް ކައުންސިލަރ ފައިޞަލް އިބްރާހީމް ހަމަޖެއްސުމަށް ނިންމުނެވެ.

ތާއީދު ކުރެއްވި : ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި : ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  

  • މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އަޢުލަބިއްޔަތުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް 

ބައިވެރިވެވަޑައިނުގަންނަވާ:00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/136

ތާރީޚް: 13 ޖޫން 2017