މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ށ. މިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 11 ވަނަ މަކިޓާ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަން ޝިޕް 2018 ގައި އައްޑޫ ތަމްސީލު ކުރުމަށްޓަކައި އައްޑޫސިޓީގެ ހުރިހާ ސްކޫލްތަކުން ހޮވާލެވުނު އެތްލެޓިކްސް ޓީމެއް ކްލަބް ރާވެރިޔާގެ ނަމުގައި ބައިވެރި ވުމަށް ހަމަޖެހިފައިވާތީ މިޖަމުޢިއްޔާއަށް ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ދިނުން އެދި ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، 11 ވަނަ މަކިޓާ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަން ޝިޕް 2018 ގައި އައްޑޫ ތަމްސީލު ކުރުމަށްޓަކައި އައްޑޫސިޓީގެ ހުރިހާ ސްކޫލްތަކުން ހޮވާލެވުނު އެތްލެޓިކްސް ޓީމެއް ކްލަބް ރާވެރިޔާގެ ނަމުގައި ބައިވެރި ވުމާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލައަށް ސްޕޯރޓްސް ކައުންސިލްގެ ރައުޔު ހޯއްދަވައި އެކައުންސިލްގެ ނިންމުމާއެކު މައްސަލައަށް ގޮތެއް ނިންމުމަށް ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 02 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަން ޝިޕް 2018 ގައި އައްޑޫ ތަމްސީލުކުރާ ޓީމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން