އައްޑޫސިޓީ ކައުންސިލްގެ އިދާރާ

(IUL)426-AE/426/2024/114 އިޢުލާނާއި ގުޅިގެން ބިޑު އެވޯޑުކުރުމާއިމެދު ކައުންސިލުން ގޮތެއް ނިންމެވުމާއި ގުޅޭ

6 ޖޫން 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/052

ބޭއްވުނު ތާރީޚް:  06 ޖުން 2024

ޖަލްސާ:2024  ވަނަ އަހަރުގެ 18 ވަނަ ރަސްމީ ޖަލްސާ (4 ވަނަ ކައުންސިލްގެ 144 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ހިތަދޫ ބަނދަރު ސަރަޙައްދުގައި ހުރި ކުރީގެ މަގަވަރި ހޮޓާ ހިންގި ޢިމާރާތް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު               (IUL)426-AE/426/2024/114  އިޢުލާނުގެ ދަށުން ހުށަހެޅި ބިޑުތަކުގެ އިވެލުއޭޝަން މަރުހަލާ ނިމިފައިވުމާއެކު،  އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތައް ބިޑު އެވޯޑުކުރުމާއިމެދު ކައުންސިލަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަވައި ދެއްވުމަށް

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އިވެލުއޭޝަން ކޮމެޓީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ލޭންޑް އިވެލުއޭޝަން ކޮމިޓީގެ 11 ވަނަ ބައްދަލުވުން ނިންމާފައިވާ ގޮތަށް، ހިތަދޫ ބަނދަރު ސަރަޙައްދުގައި ހުރި ކުރީގެ މަގަވަރި ހޮޓާ ހިންގި ޢިމާރާތް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2024/114 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ދިރާސާކޮށް އިވެލުއޭޓުކުރުމުން އެންމެ މަތިން މާކްސް ލިބުނު ފަރާތްކަމުގައިވާ ސައުތު އެންޑް އިންވެސްޓްމެންޓް އަށް ޢިމާރާތާއި ޢިމާރާތް ހިމެނޭ 15 އަހަރު ދުވަހަށް  އެވޯޑު ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިސަލް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 04  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް
ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(4)/2024/052

ތާރީޚް: 6 ޖޫން 2024