އައްޑޫސިޓީ ކައުންސިލްގެ އިދާރާ

(IUL)426-AE/426/2024/116 އިޢުލާނާއި ގުޅިގެން ބިޑު އެވޯޑުކުރުމާއިމެދު ކައުންސިލުން ގޮތެއް ނިންމެވުމާއި ގުޅޭ

6 ޖޫން 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/053

ބޭއްވުނު ތާރީޚް:  06 ޖުން 2024

ޖަލްސާ:2024  ވަނަ އަހަރުގެ 18 ވަނަ ރަސްމީ ޖަލްސާ (4 ވަނަ ކައުންސިލްގެ 144 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ ހިތަދޫ އިން 05 (ފަހެއް) ބިމާއި، ފޭދޫ އަވަށުން 1 ބިން ކުއްޔަށް  ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2024/116 އިޢުލާނާއި ގުޅިގެން ސ.ހިތަދޫގެ KB 1، ސ.ހިތަދޫގެ KB 4 އަދި ސ.ފޭދޫގެ ކުރީގެ ކުޑަކުދިންގެ ޕާރކުގެ ބިމަށް ހުށަހެޅި ބިޑުތަކުގެ އިވެލުއޭޝަން މަރުހަލާ ނިމިފައިވުމާއެކު،  އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތައް ބިޑު އެވޯޑުކުރުމާއިމެދު ކައުންސިލަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަވައި ދެއްވުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އިވެލުއޭޝަން ކޮމެޓީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

    މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ލޭންޑް އިވެލުއޭޝަން ކޮމިޓީގެ 11 ވަނަ ބައްދަލުވުން ނިންމާފައިވާ ގޮތަށް،

  • އައްޑޫ ސިޓީ ހިތަދޫ އިން 05 (ފަހެއް) ބިމާއި، ފޭދޫ އަވަށުން 1 ބިން ކުއްޔަށް  ދޫކުރުމަށް ކުރެވުނު ނަންބަރު:                 (IUL)426-AE/426/2024/116 އިޢުލާނާއި ގުޅިގެން ސ.ހިތަދޫގެ KB 1އަށް ހުށަހަޅާފައިވާ ބީލަންތައް ދިރާސާކޮށް އިވެލުއޭޓުކުރުމުން އެންމެ މަތިން މާކްސް ލިބުނު ފަރާތްކަމުގައިވާ ރޯޔަލް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުއަށް ބިމުގެ ބިޑް 10 އަހަރަށް އެވޯޑު ކުރުމާއި
  • އައްޑޫ ސިޓީ ހިތަދޫ އިން 05 (ފަހެއް) ބިމާއި، ފޭދޫ އަވަށުން 1 ބިން ކުއްޔަށް  ދޫކުރުމަށް ކުރެވުނު ނަންބަރު:                 (IUL)426-AE/426/2024/116 އިޢުލާނާއި ގުޅިގެން ސ.ހިތަދޫގެ KB 4އަށް ހުށަހަޅާފައިވާ ބީލަންތައް ދިރާސާކޮށް އިވެލުއޭޓުކުރުމުން އެންމެ މަތިން މާކްސް ލިބުނު ފަރާތްކަމުގައިވާ ނިއު ސީޒަން އަށް ބިމުގެ ބިޑު 10އަހަރަށް  އެވޯޑު ކުރުމާއި
  • އަދި އައްޑޫ ސިޓީ ހިތަދޫ އިން 05 (ފަހެއް) ބިމާއި، ފޭދޫ އަވަށުން 1 ބިން ކުއްޔަށް  ދޫކުރުމަށް ކުރެވުނު ނަންބަރު:                 (IUL)426-AE/426/2024/116 އިޢުލާނާއި ގުޅިގެން ސ.ފޭދޫގެ ކުރީގެ ކުޑަކުދިންގެ ޕާރކުގެ ބިމަށް (ބިމުގައި ހުރި ހަޓާއެކު)  ހުށަހަޅާފައިވާ ބީލަންތައް ދިރާސާކޮށް އިވެލުއޭޓުކުރުމުން އެންމެ މަތިން މާކްސް ލިބުނު ފަރާތްކަމުގައިވާ – ދޮންއަލިޔެގެ ވަޑާންގެ އަށް ބިޑު 10އަހަރަށް އެވޯޑު ކުރުމަށް ފެންނަކަމަށް." ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިސަލް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 04 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް
ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(4)/2024/053

ތާރީޚް: 6 ޖޫން 2024