ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/056 |
|
ބޭއްވުނު ތާރީޚް: 06 ޖުން 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 18 ވަނަ ރަސްމީ ޖަލްސާ (4 ވަނަ ކައުންސިލްގެ 144 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީގެ އަވަށު އޮފީސްތަކުން ދޫކުރާ ގޯތީގެ ވަގުތީ ރަޖިސްޓަރީ، ގޯތީގެ ރަޖިސްޓަރީ އަދި އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެ ފޯމެޓް ބަދަލުކޮށް މި ފޯމާއެކު ހުށަހަޅާފައިވާ ފޯމެޓް ފާސްކުރުމަށާއި ގޯތީގެ ރަޖިސްޓަރީ އަދި އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް ފީ އެއް ކަނޑައެޅުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ލީގަލް އެންޑް ކޮމްޕްލައިންސް ޔުނިޓް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،" އައްޑޫ ސިޓީގެ އަވަށު އޮފީސްތަކުން ދޫކުރާ ގޯތީގެ ވަގުތީ ރަޖިސްޓަރީ، ގޯތީގެ ރަޖިސްޓަރީ އަދި އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެ ފޯމެޓް މި ފޯމާއެކު ހުށަހަޅާފައިވާ ފޯމެޓަށް ބަދަލުކުރުމާއި، އައްޑޫ ސިޓީގެ އަވަށު އޮފީސްތަކުން ދޫކުރާ ގޯތީގެ ވަގުތީ ރަޖިސްޓަރީ، ގޯތީގެ ރަޖިސްޓަރީ އަދި އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ޕްރިންޓު ކުރަންވާނީ ސެޓްފިކެޓް ޕްރިންޓުކުރާފަދަ ބޯ ގަނޑެއްގައި، ގަނޑުގެ ދެފުށަށް ކަމުގައި ކަނޑައެޅުމާއި އެކު، ރަޖިސްޓްރީތަކުގެ ކުލަ ކޯޑު ކޯޑުގެ ގޮތުގައި ތިރީގައިވާ ކުލަތަކަށް ބަދަލުކުރުމާއި، (ހ) ގޯތީގެ ވަގުތީ ރަޖިސްޓަރީ – މަޑުފެހި ކުލަ (ށ) ގޯތީގެ ރަޖިސްޓަރީ – ރީނދޫ ކުލަ (ނ) އިމާރާތާއި ގޯތީގެ ރަޖިސްޓްރީ – މަޑު ނޫކުލަ އަދި ގޯތީގެ ރަޖިސްޓަރީ އަދި އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް 100ރ ގެ ފީ އެއް ކަނޑައެޅުން ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަހްމަދު ސައީދު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަކަމަށް: 09 ވޯޓް |
ވޯޓުގައި ބައިވެރިވި: 10 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫ ސިޓީގެ އަވަށު އޮފީސްތަކުން ދޫކުރާ ގޯތީގެ އެކި ރަޖިސްޓަރީތަކުގެ ފޯމެޓް ބަދަލުކޮށް ރަޖިސްޓަރީ ހެއްދުމަށް ފީ އެއް ކަނޑައެޅުމާއި ގުޅޭ