އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫގައި ސްލިޕްވޭ ހެދުމަށާއި އަދި ހުޅުދޫ ބަނދަރުގައި ވިޔަފާރި ބޭނުމަށް ބިން ކުއްޔަށް ދިނުމާއި ގުޅޭ

12 ޖޫން 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/060

ބޭއްވުނު ތާރީޚް:  12 ޖޫން 2024

ޖަލްސާ:2024  ވަނަ އަހަރުގެ 19 ވަނަ ރަސްމީ ޖަލްސާ (4 ވަނަ ކައުންސިލްގެ 145 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ހުޅުދޫ އަވަށުގެ އެލް.ޔޫ.ޕީ އާއި އެއްގޮތްވާގޮތަށް ލޭންޑް ސަރވޭ އޮތޯރިޓީ އިން ހުއްދަ ނަގައިގެން ހުޅުދޫގައި ސްލިޕްވޭ ހެދުމަށާއި އަދި ހުޅުދޫ ބަނދަރުގައި ވިޔަފާރި ބޭނުމަށް ބިން ކުއްޔަށް ދިނުމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހުޅުދޫ އަވަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާގޮތަށް ހުށަހެޅިފައިވާ ޗާޓާއި އެއްގޮތަށް ހުޅުދޫގައި ސްލިޕްވޭ އެއް ހެދުމަށާއި އަދި ހުޅުދޫ ބަނދަރުގައި ވިޔަފާރި ބޭނުމަށް ބިން ކުއްޔަށްދޫކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް
ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(4)/2024/060

ތާރީޚް: 12 ޖޫން 2024