އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރަކަށް އައްޑޫސިޓީ ކައުންސިލް ވުމާއި މެދު ގޮތެއް ނިންމުމާއި ގުޅޭ

12 ޖޫން 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/062

ބޭއްވުނު ތާރީޚް:  12 ޖޫން 2024

ޖަލްސާ:2024  ވަނަ އަހަރުގެ 19 ވަނަ ރަސްމީ ޖަލްސާ (4 ވަނަ ކައުންސިލްގެ 145 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމް.އެލް.ސީ.އޭ) ގެ ހިންގާ ކޮމިޓީގެ މެމްބަރަކަށް އައްޑޫސިޓީ ކައުންސިލް ވުމާއި މެދު ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލް ބިއުރޯ ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ މެންބަރެއްގެ ގޮތުގައި އައްޑޫސިޓީ ކައުންސިލް ބައިވެރިވުމަށް ފެންނަކަމަށާއި ކޮންމެ މަހަކު އެމް.އެލް.ސީ.އޭ އާންމު މެންބަރުން ދައްކަންޖެހޭ ޗަންދާ /-5000 (ފަސްހާސް) ރުފިޔާ ދެއްކުމަށް ފެންނަކަމަށާއި މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގައި އައްޑޫސިޓީ ކައުންސިލް ތަމްސީލުކުރައްވާނެ މަންދޫބެއްގެ ގޮތުގައި މޭޔަރ، ޢަލީ ނިޒާރު ކަނޑައަޅައި  ޤަރާރެއް ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/062

ތާރީޚް: 12 ޖޫން 2024