އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ ބަނދަރުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި މެދު ގޮތެއް ނިންމުމާއި ގުޅޭ

4 ޖުލައި 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/069

ބޭއްވުނު ތާރީޚް:  04 ޖުލައި 2024

ޖަލްސާ:2024  ވަނަ އަހަރުގެ 21 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 147 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ހުޅުދޫ ބަނދަރުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި މެދު ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ހުޅުދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، ހުޅުދޫ ބަނދަރުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ޓެކްނިކަލް އިވަލުއޭޝަނަކާއެކު ކައުންސިލް އިދާރާގެ ޕްރޮޖެކްޓްސް ޔުނިޓް މެދުވެރިކޮށް އަލުން ސާރވޭކޮށް، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތައް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި ހިއްސާކުރުމަށާއި އަދި މިނިސްޓްރީ އާއި އެމް.ޓީ.ސީ.ސީ އާއި މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ތާއީދު ކުރެއްވި: ކައުންސިލަރ، ޚާލިދާ މުޙައްމަދު

 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 07 ވޯޓު

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/069

ތާރީޚް: 4 ޖުލައި 2024