އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަދި ފޭދޫ އަވަށުން ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހިތަދޫގެ ބިމާއި ބިޑު އެވޯޑުކުރުމާއިމެދު ގޮތެއް ނިންމުމާއި ގުޅޭ

4 ޖުލައި 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/070

ބޭއްވުނު ތާރީޚް:  04 ޖުލައި 2024

ޖަލްސާ:2024  ވަނަ އަހަރުގެ 21 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 147 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ ހިތަދޫ އިން 05 (ފަހެއް) ބިމާއި، ފޭދޫ އަވަށުން 1 ބިން ކުއްޔަށް  ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2024/116 އިޢުލާނާއި ގުޅިގެން ސ.ހިތަދޫގެ KB 5  ބިމަށް ހުށަހެޅި ބިޑުތަކުގެ އިވެލުއޭޝަން މަރުހަލާ ނިމިފައިވުމާއެކު،  އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތައް ބިޑު އެވޯޑުކުރުމާއިމެދު ކައުންސިލަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަވައި ދެއްވުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް:  ލޭންޑް އިވެލުއޭޝަން ކޮމިޓީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އިވެލުއޭޝަން ކޮމިޓީގެ 11ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ އާއި އިވެލުއޭޝަން ނިންމުމަށް ރިޢާޔަތްކޮށް، އައްޑޫ ސިޓީ ހިތަދޫ އިން 05 (ފަހެއް) ބިމާއި، ފޭދޫ އަވަށުން 1 ބިން ކުއްޔަށް  ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2024/116 އިޢުލާނާއި ގުޅިގެން ސ.ހިތަދޫގެ KB 5އަށް ހުށަހަޅާފައިވާ ބީލަންތައް ދިރާސާކޮށް އިވެލުއޭޓުކުރުމުން އެންމެ މަތިން މާކްސް ލިބުނު ފަރާތްކަމުގައިވާ އެފް އެންޑް އެސް ޕްރައިވެޓް ލިމިޓެޑަށް ބިމުގެ ބިޑު 10އަހަރަށް އެވޯޑު ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

 
 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 07 ވޯޓު

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/070

ތާރީޚް: 4 ޖުލައި 2024