އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށުގައި އެއްބަސްވުމެއްނެތި އޮޑިހަރުގެ ހަދައިގެން އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކާއެކު އެއްބަސްވުން ހެދުމާއި ގުޅޭ

11 ޖުލައި 2024     


ކައުންސިލްގެ ނިންމުން
 

ނިންމުން ނަންބަރު: 426-B(4)/2024/078

ބޭއްވުނު ތާރީޚް:  11 ޖުލައި 2024

ޖަލްސާ:2024  ވަނަ އަހަރުގެ 22 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 148 ވަނަ ޖަލްސާ)

މައްސަލަ

މަރަދޫ އަވަށުގައި އެއްބަސްވުމެއްނެތި އޮޑިހަރުގެ ހަދައިގެން އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކާއެކު އެއްބަސްވުން ހެދުމަށާއި، ގަވާއިދު ނަންބަރު 2019/R-988 (އޮޑިހަރުގެއާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ނ)ގެ ދަށުން އޮޑިހަރުގެ ދޫކުރާ ބިންތަކުގެ ކުލި ކަނޑައެޅުން

މައްސަލަ ހުށަހެޅި ފަރާތް:  މަރަދޫ އަވަށުއޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، މަރަދޫ އަވަށުގެ ސްލިޕްވޭގެ ހުޅަނގުން އޮންނަ ހުސްބިމުގައި އެއްބަސްވުމެއްނެތި އޮޑިހަރުގެ ހަދައިގެން އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތް ކުރާ ފަރާތްތަކާއެކު 24 މަސް ދުވަހުގެ މުއްދަތަށް އެއްބަސްވުން ހެދުމަށާއި ގަވާއިދު ނަންބަރު/R-988 2019 (އޮޑިހަރުގެއާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން އޮޑިހަރުގެ ދޫކުރާ ބިންތަކުގެ ކުލި އަންނަނިވި އުޞޫލުން ކަނޑައެޅުމަށް،

  • ފުރަތަމަ ދެއަހަރު ދުވަހަށް އަކަފޫޓަކަށް 1 ރުފިޔާ
  • މުއްދަތު އިތުރުކުރާނަމަ އިތުރުކުރާ މުއްދަތުގައި އަކަފޫޓަކަށް 5 ރުފިޔާ

ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މުހައްމަދު ފައިސަލް

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒު

 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓު

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 02

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/078

ތާރީޚް: 11 ޖުލައި 2024