އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ އިން 100 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ޞަރަޙައްދަށް ބަދަލުގެނައުމާއި ގުޅޭ

17 ޖުލައި 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/081

ބޭއްވުނު ތާރީޚް:  17 ޖުލައި 2024

ޖަލްސާ:2024  ވަނަ އަހަރުގެ 23 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 149 ވަނަ ޖަލްސާ)

މައްސަލަ

މީދޫ އިން 100 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ޞަރަޙައްދަށް ބަދަލުގެނައުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އާމިނަތު ޞާލިޙާ

ނިންމުން

މައްސަލަ ނިމުނުގޮތް:     

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، މީދޫއިން 100 ގޯތި ދޫކުރުމަށް ކައުންސިލްގެ ނަންބަރ 426-B(4)2021/067 (18 އޮގަސްޓް 2021) ނިންމުމުން ނިންމަވާފައިވީ އިރު، އެއިގެ ތެރެއިން 94 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ 'ދޮންރުއްވަލު' ޞަރަޙައްދުން ގޯތި ޙަވާލުކުރުމަށްޓަކައި ބިން ސާރވޭކުރުމުގެ ތެރެއިން، އެ ޞަރަޙައްދުން ބައެއްގައި ގިނަ ޢަދަދަކަށް މީހުން ވަޅުލާފައިވާތީ އަދި އެސަރަހައްދަކީ ބޮޑު ވެޖެޓޭޝަންއެއް އޮތްތަނަކަށްވެފައި، ހިމާޔަތްކޮށްފައިވާ ގަސްތަކާއި ގިނަ ޢަދަކަށް ރުއްގަސް ހުރި ތަނަކަށްވުމުން ގޯތި ދޫކުރުމަށްޓަކައި އެވެޖެޓޭޝަން އެއްކޮށް ނައްތާލަންޖެހުމުގެ ކަންބޮޑުވުން ރައްޔިތުން ހިއްސާކޮށްފައިވާތީ، އަދި އެޞަރަޙައްދުން ނެގޭ ރުއްގަސް ނަގައި، އަލުން އިންދޭނެ ވަޞީލަތް ނެތުމާއި، އެތަކެތި ނައްތާލެވޭނެ ގޮތް މިވަގުތަށް ހަމަޖެހިފައި ނެތުމުން ގޯތި ޙަވާލު ނުކުރެވި ގިނަ ދުވަސްތައް ހޭދަވާތީ، ދިރިއުޅުމަށްޓަކައި ފުރަތަމަ ބުރުގައި މީދޫއިން ދޫކުރުމަށް ކަނޑައެޅިފައިވާ 100 ގޯތިތަކުގެ މި ޞަރަޙައްދުން 4 ބްލޮކް (32 ގޯތި) ހަމަޖެއްސުމަށްފަހު، ބާކީ ހުރި 62 ގޯތި  މައްސަލައާއެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ޞަރަޙައްދުތަކުން ދޫކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އާމިނަތު ސާލިހާ

ތާއީދު ކުރެއްވި: ކައުންސިލަރ، ހުސެއިން ފައިޒުއްރަހްމާން

 

 

 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 11 ވޯޓު

ފެންނަކަމަށް: 11 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 
 

 




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(4)/2024/081

ތާރީޚް: 17 ޖުލައި 2024