މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: މިދޫ އަރުބެ ސަރަހައްދުގެ އަލަށް އާބާދުވެފައިވާ މަގުތަކުގައި ބައްތި ޖެހުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސާރވިސަސް ޑިޕާޓްމަންޓްގެ ހުޅުދޫ މީދޫ ސެކްޝަނުން މި އޮފީހުގެ ބެލުމުގެ ދަށުގައި ހުރި ބައްތި ދަނޑިއާއި ކޮންކްރީޓް ބޯޑް ހޯއްދެވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައިގާ ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި |
||||
މައްސަލަ ހުށަހެޅި ފަރާތް: މީދޫ އަވަށު އޮފީސް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މީދޫ ދާއިރާގެ ކައުންސިލަރގެ މަޝްވަރާގެ މަތިން މައްސަލާގައި ފާހަގަކުރެވިފައިވާ ބައްތި ޖަހާނެ ތަންތަން ބަލައި، އެއްބަސްވުމެއްގެ ދަށުން އެތަންތާނގައި ބައްތި ޖެހުމަށް ބޭނުންވާ 20 ބައްތިއާއި 20 ބުޑު ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސާރވިސަސް ޑިޕާޓްމަންޓްގެ ހުޅުދޫ މީދޫ ސެކްޝަނާއި ޙަވާލުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައްތި ދަނޑިއާއި ކޮންކްރީޓް ބޯޑް ހޯއްދެވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ