ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/106 |
|
ބޭއްވުނު ތާރީޚް: 21 އޮގަސްޓް 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 28 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 154 ވަނަ ޖަލްސާ) |
މައްސަލަ |
||||||||||
ލާޖެއްސުމުގެ މައްސަލަތަކުގައި ކައުންސިލުން އިޢުތިރާޟްކުރުމުގައި ބެލުމަށް ކައުންސިލުން ކަނޑައަޅާފައިވާ މިންގަނޑު ތަކަށް ބަދަލު ގެނެސް ކައުންސިލްގެ ނިންމުން ނަންބަރު 426-B (4)/2023/104 ބަދަލުކޮށް އަލުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅާ މައްސަލަ |
||||||||||
މައްސަލަ ހުށަހެޅި ފަރާތް: ލީގަލް އެންޑް ކޮމްޕްލައިސް ޔުނިޓް |
||||||||||
ނިންމުން |
||||||||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު (ޤާނޫނު ނަންބަރު 09/1968) މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 01 ވަނަ މާއްދާގެ (ކ) ގައި މީސްމީހުންގެ އަމިއްލަ ބިމާއި އެބިމުގައި ހުންނަ އިމާރާތްތައް ފިޔަވައި ރަޖިސްޓްރީއެއް ކުރެވިފައިވާ އެއްޗެއް ނުވަތަ ތަނެއްގެ މިލްކުވެރިކަން ބަދަލުކުރަނީނަމަ ރަޖިސްޓްރީ ދިންފަރާތުގެ އިޢުތިރާޟް އެކަމަށް ނެތްކަމުގެ ރަސްމީ ލިޔުމެއް އޮންނަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ މިއިދާރާއިން ލާޖެއްސުމުގެ މައްސަލަތަކުގައި އިއުތިރާޟުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑަށް ތިރީގައިވާ ގޮތަށް ބަދަލުގެނައުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
(ހ) ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ އަމިއްލަ ނުވަތަ ބަންޑާރަ ގޯތި، އެއް ގޯއްޗާއި އަނެއް ގޯތި ލާޖައްސާ މައްސަލަތަކުގައި ގޯތީގެ އިމުގެ މައްސަލައެއް ނެތްކަމުގައިވާނަމަ އިޢްތިރާޟް ނުކުރުން. (ށ) ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގެ ބަޔަކާއި އެހެން ގޯއްޗަކާއި ލާޖައްސާ ޙާލަތުގައި ދެ ގޯތީގެ އިމުގެ މައްސަލައެއް ނެތްކަމުގައިވާނަމަ އަދި ލާޖެއްސުމަށް ހުށަހަޅާ ބައި 600 އަކަފޫޓަށްވުރެ ބޮޑުނަމަ އިއުތިރާޟް ނުކުރުން. (ނ) މި ނަންބަރުގެ (ހ) ގައި އެހެން އޮތްނަމަވެސް ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެތެރެއިން ބައެއް އަމިއްލަ ކުރުމަށްފަހު ވަކި ގޯއްޗެއްގެ ގޮތުގައި ރަޖިސްޓަރީ ކުރިނަމަވެސް، ވަކިން ރަޖިސްޓަރީ ކުރެވުނު ބައި 600 އަކަފޫޓަށްވުރެ ކުޑަނަމަ އިއުތިރާޟް ކުރުން. (ރ) ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގެ ބަޔަކާއި އެހެން ގޯއްޗެއް ލާޖައްސާ ޙާލަތުގައި ލާޖެއްސުމަށް ހުށަހަޅާފައިވާ ދެ ގޯތިންކުރެ ގޯއްޗެއްގެ އިމުގެ މައްސަލައެއް ހުރިނަމަ އިއުތިރާޟް ކުރުން. (ބ) ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގެ ބަޔަކާއި އެހެން ގޯއްޗެއް ލާޖައްސާ ޙާލަތުގައި ލާޖެއްސުމަށް ހުށަހަޅާ ބައި 600 އަކަފޫޓަށްވުރެ ކުޑަނަމަ އިޢުތިރާޟް ކުރުން. ސަބަބަކީ ބަންޑާރަ ގޯތި ދޫކޮށްފައިވަނީ ދިރުއުޅުމަށްކަމަށްވެފައި 600 އަކަފޫޓަށްވުރެ ކުޑަ ގޯއްޗަކީ ދިރިއުޅުމަށް އެކަށީގެންވާތަނެއްކަމުގައި ކައުންސިލަށް ނުފެންނާތީ. މި ހުށަހެޅުން ފާސްވުމުން ކައުންސިލްގެ ނަންބަރު 426-B (4)/2023/104 ނިންމުން އުވާލުން.
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ލާޖެއްސުމުގެ މައްސަލަތަކުގައި ކައުންސިލުން އިޢުތިރާޟްކުރުމުގައި ބެލުމަށް ކައުންސިލުން ކަނޑައަޅާފައިވާ މިންގަނޑު ތަކަށް ބަދަލު ކުރުމާއި ގުޅޭ