އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައި.އެމް.އެސް.އޭ ވޮލީ ބޯޅަ މުބާރާތުގައި މީދޫ އަވަށު އޮފީހާއި، މީދޫ ޑައިނަމިކް ކޮމިއުނިޓީ ގުޅިގެން ވޮލީޓީމެއް ބައިވެރިކުރުމާއި ގުޅޭ

28 އޯގަސްޓް 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/109

ބޭއްވުނު ތާރީޚް:  28 އޮގަސްޓް 2024

ޖަލްސާ:2024  ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 155 ވަނަ ޖަލްސާ)

މައްސަލަ

ފުވައްމުލައް ސިޓި ގައި ކުރިއަށްދާ އައި.އެމް.އެސް.އޭ ވޮލީ ބޯޅަ މުބާރާތުގައި މީދޫ އަވަށު އޮފީހާއި، މީދޫ ޑައިނަމިކް ކޮމިއުނިޓީ ގުޅިގެން ވޮލީޓީމެއް ބައިވެރިކުރުމަށާއި، މުބާރާތުގެ ޚަރަދުތަކަށް މީދޫ އަވަށު އޮފީހަށް ކަނޑައެޅިފައިވާ ބެޖެޓުން 9000 (ނުވަހާސް ރުފިޔާ) ހަމަޖެއްސުމަށް

މައްސަލަ ހުށަހެޅި ފަރާތް: މީދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:   

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، ލާމަރުކަޒީ ޤާނޫނުގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މީދޫ އަވަށަށް 2024 އޮގަސްޓް މަހު ކަނޑައެޅުނު ފައިސާގެ ތެރެއިން، އެކްޓިވިޓީ ކޯޑު 1.12.14.1.1.32 ގެ 223013 އަށް ޖަމާކޮށްފައިވާ 9000 (ނުވަހާސް) ރުފިޔާ އިން، މީދޫ ވޮލީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއެކު ހިމެނޭ 18 މެމްބަރުންނަށް، އާރު.ޓީއެލް ފެރީ ޓިކެޓް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓު

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/109

ތާރީޚް: 28 އޯގަސްޓް 2024