އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 68 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލަ އާއި ގުޅޭ (110-01)

28 އޯގަސްޓް 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/110-01

ބޭއްވުނު ތާރީޚް:  28 އޮގަސްޓް 2024

ޖަލްސާ:2024  ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 155 ވަނަ ޖަލްސާ)

މައްސަލަ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 68 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:   

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 68 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މުޙައްމަދު ފައިޞަލް

ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

 

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަ

އަޙްމަދު ހާދީ، ކުމުންޒާނީގެ/ސ.ފޭދޫ އާއިއެކު ވެވިފައިވާ 426-EA/S4/2014/46 ނަންބަރު އެއްބަސްވުމުގެ ދަށުން ދޫކުރެވިފައިވާ ކުލީ ބިމަށް ދައްކަންޖެހޭ ޖޫރިމައިނާ އާމެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓު

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/110-01

ތާރީޚް: 28 އޯގަސްޓް 2024