ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/112-03 |
|
ބޭއްވުނު ތާރީޚް:11 ސެޕްޓެމްބަރ 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 30 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 156 ވަނަ ޖަލްސާ) |
މައްސަލަ |
||||||||||
ޓޫރިޒަމް ކޮމިޓީގެ ރަސްމީ 36 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަ ކުރިއަށް ގެންދިއުމާމެދު ކައުންސިލުންގޮތެއް ނިންމުމަށް |
||||||||||
މައްސަލަ ހުށަހެޅި ފަރާތް: ޓޫރިޒަމް ކޮމެޓީ |
||||||||||
ނިންމުން |
||||||||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " ޓޫރިޒަމް ކޮމިޓީގެ 36 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ޓޫރިޒަމް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަ
ހިތަދޫ ޓޫރިޒަމް ޒޯންއިން ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށްޓަކައި ނެނޯލެބްއަށް ދޫކޮށްފައިވާ 3000 އަކަފޫޓުގެ D2 ޕްލޮޓް އިމާރާތް ކުރުމުގައި 15 ކޮޓަރީގެ އިމާރާތެއް 04 ފަންގިފިލާއަށް އިމާރާތް ކުރަންޖެހުމުގެ ބަދަލުގައި 02 ފަންގިފިލާގައި 14 ކޮޓަރި އިމާރާތް ކުރުމުގެ ހުއްދައަށް އެދިފައިވުމާއި އަދި D2 ޕްލޮޓްގެ ބިމުގެ ބޮޑުމިން 3000 އަކަފޫޓުން 3800 އަކަފޫޓަށް ބޮޑުކޮށްދިނުމަށް އެދިފައިވުމާއި ގުޅިގެން، މިމައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
