އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 69 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލަ އާއި ގުޅޭ (114-03)

11 ސެޕްޓެމްބަރ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/114-03

ބޭއްވުނު ތާރީޚް:11 ސެޕްޓެމްބަރ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 30 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 156 ވަނަ ޖަލްސާ)

މައްސަލަ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 69 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:   

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 69 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޙްމަދު ސަޢީދު

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

 
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަ

ޝީޒާ ފަރުހާން ސައީދު، ބްލޫޑައިމަންޑް/ސ.މަރަދޫ އާއިއެކު ވެވިފައިވާ ނަންބަރު: (AGR)426-AE/INDIV/2023/19 އެއްބަސްވުމުގައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކޮށްދިނުމުގައި ކުލި ރިވިއުކުރުމަށް ނިންމި ނިންމުން މުރާޖަޢުކުރުން. ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމާއި ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓު

ފެންނަކަމަށް: 10 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(4)/2024/114-03

ތާރީޚް: 11 ސެޕްޓެމްބަރ 2024