އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިރުޝާދިއްޔާ ސްކޫލަށް ބިން އިތުރުކުރުމަށް ހުށަހަޅާ މައްސަލަ

19 ސެޕްޓެމްބަރ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/117

ބޭއްވުނު ތާރީޚް:19 ސެޕްޓެމްބަރ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 31 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 157 ވަނަ ޖަލްސާ)

މައްސަލަ

އިރުޝާދިއްޔާ ސްކޫލަށް ބިން އިތުރުކުރުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ޚާލިދާ މުޙައްމަދު

ނިންމުން

މައްސަލަ ނިމުނުގޮތް:   

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އަލަށް ބިން ހިއްކުމާގުޅިގެން އިރުޝާދިއްޔާ ސްކޫލްގެ ހުޅަނގަށް އޮތް ބިމަށް ބަދަލުއައިސް، ސްކޫލާ އިންވެގެން ހުޅަނގަށް އޮތް ބިމުން 9537.38 އަކަފޫޓްގެ ބިން ލިބޭތީ މިބިން އޮތް ގޮތުން އެއްވެސް އެހެންކަމަށް މިބިން ބޭނުންކުރެވޭ ގޮތެއް ނެތުމާއި އަދި ލޭންޑް ޔޫޒް ޕްލޭންގައި މިބިން ސްކޫލަށް އިތުރުކުރަން ހަމަޖެއްސުމަށް ހުށަހަޅާފައިވުމާއި އެކު މިބިން ސްކޫލަށް އިތުރުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޚާލިދާ މުޙައްމަދު

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު

 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓު

ފެންނަކަމަށް: 10 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 



ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(4)/2024/117

ތާރީޚް: 19 ސެޕްޓެމްބަރ 2024