ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/119 |
|
ބޭއްވުނު ތާރީޚް:25 ސެޕްޓެމްބަރ 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 32 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 158 ވަނަ ޖަލްސާ) |
މައްސަލަ |
|||
ހުށަހެޅުނު މައްސަލަ: މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން އައްޑޫސިޓީގައި ކުރިއަށް ގެންދާ އެސްޕަޔަރ މަޝްރޫއުގެ ދަށުން ފޭދޫ ބަނދަރުގެ އިރުމަތީ ފަރާތުގައި ގާއިމްކުރާ ސޯލަރ ޕީވީ ނިޒާމުގެ 3 ސެކްޝަން މަރަދޫ ބަނދަރު ސަރަހައްދަށް ބަދަލު ކުރުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުމަށް އެދި |
|||
މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓް ޑިވެލޮޕްމެންޓް ޔުނިޓް |
|||
ނިންމުން |
|||
މައްސަލަ ނިމުނުގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓްސް އިން ރިނިއުބަލް އެނަރޖީ (އެސްޕަޔަރ) މަޝްރޫއުގެ ތެރެއިން ފޭދޫ ބަނދަރުގެ އިރުމަތީ ފަރާތުގައި ޖެހުމަށް ހަމަޖެހިފައިވާ ޕީވީ ނިޒާމުގެ ސަބަބުން ފޭދޫ ބަނދަރު ސަރަހައްދުގެ އެހެނިހެން ތަރައްޤީގެ ޕްލޭންތަކަށް ފުށުއަރަމުންދާކަން ފާހަގަކުރެވިފައިވާތީ ފޭދޫ ބަނދަރުގެ އިރުމަތީ ފަޅީގައި ޖެހުމަށް ހަމަޖެހިފައިވާ 10 ޕީ.ވީ ސެކްޝަންގެ ތެރެއިން 3 ޕީ.ވީ ސެކްޝަން މަރަދޫ ބަނދަރު ސަރަހައްދަށް ބަދަލު ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|||
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު |
||
ވޯޓް ދެއްވި ގޮތް |
|||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 09 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
