އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވޯލްޑް ސްޕޯޓްސް ސިޓީ އާއި އެކު ވެފައިވާ ޖޭ.ވީ އެއްބަސްވުމުގެ ދަށުން ވޯލްޑް ސްޕޯޓްސް ގައި ކައުންސިލުން ތަމްސީލް ކުރާނެ ފަރާތެއް ހަމަޖެއްސުމާއި ގުޅޭ

7 އޮކްޓޯބަރ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/125

ބޭއްވުނު ތާރީޚް:07 އޮކްޓޯބަރ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 33 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 159 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލާއި ވޯލްޑް ސްޕޯޓްސް ސިޓީ އާއި އެކު ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގެ ދަށުން ވޯލްޑް ސްޕޯޓްސް ގައި ކައުންސިލްގެ ކުންފުނި ތަމްސީލް ކުރާނެ  ފަރާތެއް ހަމަޖެއްސުމާއި މެދު ކައުންސިލް އިން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: ސްޓްރެޓެޖިކް ޕްލޭނިންގ ޓޫރިޒަމް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ވޯލްޑް ސްޕޯޓްސް ސިޓީގައި ކައުންސިލްގެ ކުންފުނި ތަމްސީލް ކުރާނެ ފަރާތެއްގެ ގޮތުގައި ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާޢު ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި:  ކައުންސިލަރ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:ކައުންސިލަރ، ޑރ.އާމިނަތު އަދާލާ ރަޝީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(4)/2024/125

ތާރީޚް: 7 އޮކްޓޯބަރ 2024