ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/127 |
|
ބޭއްވުނު ތާރީޚް:07 އޮކްޓޯބަރ 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 33 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 159 ވަނަ ޖަލްސާ) |
މައްސަލަ |
|||
ހުށަހެޅުނު މައްސަލަ: 2024 އޮކްޓޫބަރު 18 އިން 19 އަށް ބޭއްވޭ "ޅަވިޔަނި ޓާޓްލް ފެސްޓިވަލް" ގައި އައްޑޫސިޓީ ކައުންސިލުން ބައިވެރިވުމަށާއި ކައުންސިލްގެ ފަރާތުން 5 ބޭފުޅަކު މި ފެސްޓިވަލް ގައި ބައިވެރިވެ ކައުންސިލްގެ ނޭޗަރ ޕާކްގެ ސްޓޯލްއެއް ބައިވެރިކޮށް ތައްޔާރުކުރުމުގެ ޚަރަދު ހަމަޖައްސަވައި ދެއްވުން އެދި |
|||
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެންވަޔަރަމެންޓް އެންޑް ލޭންޑް ސެކްޝަން |
|||
ނިންމުން |
|||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ނޭޗަރޕާކްގެ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން އައްޑޫސިޓީ އިޝްތިހާރުކުރުމަށް ރަނގަޅު ފުރުސަތަކަށްވާތީ މި ފެސްޓިވަލްގައި ކައުންސިލުން ބައިވެރިވުމަށް ފެންނަކަމަށާއި މިފެސްޓިވަލްގައި ތިރީގައިވާ ފަރާތްތައް ބައިވެރިކޮށް ފެސްޓިވަލް އަށް ޓްރަސްޓް ފަންޑުން ޚަރަދު ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. "ޅަވިޔަނި ޓާޓްލް ފެސްޓިވަލް" ގެ ބައިވެރިން
|
|||
ތާއީދު ކުރެއްވި: ކައުންސިލަރ، މަރްޔަމް ސަޢީދާ |
ހުށަހެޅުން ހުށަހެޅި:ކައުންސިލަރ، ޙުސައިން ޒަރީރު |
||
ވޯޓް ދެއްވި ގޮތް |
|||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 10 ވޯޓް |
ވޯޓުގައި ބައިވެރިވި: 10 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
